Ads by
ކުޅިވަރު
ބާމިންހަމް ސިޓީގެ ކޯޗުގެ މަގާމުގައި ހުރި ރޫނީ އެމަގާމުން ވަކިކޮށްފި

ނެރެމުން އައި ދަށް ނަތީޖާގެ ސަބަބުން ބާމިންހަމް ސިޓީގެ ކޯޗުކަމުން އިންގްލަންޑްގެ ފުޓުބޯޅަ ލެޖެންޑް ވޭން ރޫނީ ވަކިކޮށްފިއެވެ.

Ads by Eki Online

އިނގިރޭސި ޗެމްޕިއަންޝިޕް ޑިވިޝަނުގެ ބާމިންހަމްގެ ކޯޗުކަމާ ރޫނީ ހަވާލުވީ މީގެ 83 ދުވަސް ކުރިންނެވެ.

ރޫނީ ހަވާލުވި ފަހުން ބާމިންހަމުން 15 މެޗު ކުޅެފައެވެ. އޭގެތެރއިން 9 މެޗުން ވަނީ ބަލިވިއެވެ. އަދި 4 މެޗުންވަނީ އެއްވަރުވެފައެވެ.

ރޫނީ ބާމިންހަމް އާއި ހަވާލުވިއިރު އެ ޓީމު އޮތީ ޗެމްޕިއަންޝިޕްގެ ޓޭބަލްގެ ހަ ވަނައިގައެވެ. ނަމަވެސް މިދިޔަ ގިނަ މެޗުތަކުން ބަލިވުމުގެ ސަބަބުން ޓީމުވަނީ 20 ވަނަ އަށް ވެއްޓިފައެވެ. އެންމެ ފަހުން ކުޅުނު ލީޑްސް ޔުނައިޓެޑް އަތުން 3-0 އިން ބަލިވި މި މެޗުގައި ބާމިންހަމްގެ ސަޕޯޓަރުން ވެސް ވަނީ ރޫނީ މަގާމުން ވަކިކުރަން ގޮވާލައިފަ އެވެ.

ރޫނީ ބާމިންހަމް އާ ގުޅުނީ އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑަށް ކޯޗު ކަން ކޮށްދީފައެވެ. ޑީސީ ޔުނައިޓެޑާ ހަވާލު ވުމުގެ ކުރިން ރޫނީ ކޯޗިން ކެރިއަރ ފެށީ ޑާބީ ކައުންޓީ އިންނެވެ.

ރޫނީގެ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުން މެންޗެސްޓާރ ޔުނައިޓެޑުގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް  ކާމިޔާބީއެއް ހޯދޭގޮތްވަނީ ނުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *