Ads by
ޚަބަރު
މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ ހަފްތާގައި އިއުލާންކުރަނީ

ކުރިއަށް ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އަންނަ ހަފުތާގައި އިއުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Eki Online

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މި އަހަރު ބާއްވާ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު އަންނަ ހަފްތާގައި އިއުލާނު ކުރައްވާން ނިންމަވައިފައިވާކަމަށެވެ.

މަޖިލިސް އިންތިހާބާއި ބެހޭ ގޮތުން މި ހަފުތާގައި ބޭއްވި ޖަލްސާގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާއްމު ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު މި އަހަރުގެ ރަމަޟާން މަހާއި ދިމާވާތީ، އިންތިހާބު އަވަސްކުރުމަށް އީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނެވެ. ނަމަވެސް އެ ކޮމިޓީން ލަފާ އެރުވީ ޤާނޫނުގައި ބުނާ މުއްދަތު ރަމަޟާން މަހަށް ފަހު ވެސް ލިބޭތީ، ރަމަޟާން މަސް ނިމުމުން އިންތިޚާބު ބޭއްވުމަށެވެ.

މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވަންވަނީ ހަމަޖެހިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *