Ads by
ޚަބަރު
ޒުވާނުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ލަފާ ދިނުމަށް އެކުލަވާލަން ނިންމާފައިވާ ޔޫތު އެޑްވައިޒާސް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

އެގޮތުން އެ ބޯޑުގައި ހިމެނޭ 2 ދާއިރާއަކުން އަންހެނަކާއި ފިރިހެނަކަށް ފުރުސަތު ލިބޭ ގޮތަށް ހަތަރު ޖާގައަކަށް ކުރިމަތިލުމަށް ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި އިއްޔެ ވަނީ ހުޅުވާލާފައެވެ.

ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް މެންބަރުން ބޭނުންވާ ދާއިރާ:

  • ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން: އަންހެން 1 އަދި ފިރިހެން 1
  • ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ: އަންހެން 1 އަދި ފިރިހެން 1

ޒުވާނުންގެ ބޯޑުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެއެވެ. މީގެ އިތުރުން އެ މީހަކު ތަމްސީލުކުރާ ދާއިރާއާ ގުޅޭ ތަޖުރިބާ ލިބިފައިވުމާއި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

ޒުވާނުންގެ ބޯޑަށް ކުރިމަތިލުމަށް އެ މިނިސްޓްރީން އެދިފައިވާ ގޫގުލް ފޯމް ފުރުމަށް ފަހު އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން އެ ފޯމު ހުށަހަޅަން ވާނެ ކަމަށް ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މި އިއުލާނާ ގުޅޭ އިތުރު މައުލޫމާތު 3347400 އަށް ގުޅުމުން ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *