Ads by
ލައިފްސްޓައިލް
އަމިއްލަ ނަފްސު ދެކެ ލޯބިވުމުގެ މުހިންމުކަން

އަމިއްލަ ނަފްސަށް ލޯބިކުރުމަކީ ތިމާއާއި އޮންނަ ގުޅުމުގެ ބިންގާ އެޅިގެންދާ ކަމެކެވެ.

Ads by Eki Online

އަމިއްލަ ނަފްސަށް ލޯބި ކުރާއިރު ތިމާއަކީ ކާކުކަން ޤަބޫލުކޮށް ތިމާގެ އަގު ވަޒަންކޮށް، އަމިއްލަ ނަފްސަށް ރަނގަޅު އަސަރުތަކެއް ފޯރުވަންޖެހެއެވެ.

އަމިއްލަ ނަފްސަށް ކުރާ ލޯތްބަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަމިއްލަ ނަފްސަށް އަޅާލުމަށް ހިތްވަރު ދީ، އަމިއްލަ ނަފްސުގެ އަގު ދަށްވެދާނެ ބޭރުގެ ނުފޫޒުތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމަކަށް ވާން ޖެހެއެވެ. އަމިއްލަ ނަފްސާމެދު ރަނގަޅު އިހުސާސްތަކެއް ކުރުމުގެ ސަބަބުން އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުމުގައި ވެސް ރަނގަޅު ނިންމުންތަކެއް ނިންމުމަށް މަގުފަހިވެގެންދެއެވެ.

އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސު ދެކެ ފުރިހަމައަށް ދެކެ ލޯބިނުވާހާ ހިނދަކު ހަގީގަތުގައި އެހެން މީހުންދެކެ ލޯބިނުވެވޭނެ ކަމެވެ. އަމިއްލަ ނަފްސަށް ނަފްރަތު ކުރުމުގެ އިހުސާސްތަކުގެ ސަބަބުން ގުޅުންތަކަށް ހުރަސް އެޅިދާނެ ކަމުގެ ގިނަ ހެކިތަކެއް އެބަހުއްޓެވެ. އަމިއްލަ ނަފްސަށް ކުރާ އިހުތިރާމް ކުޑަ މީހުން ބައިވެރިޔާގެ ލޯތްބަށް ވިސްނުން ކުޑަކޮށް، ބައިވެރިޔާއާ މެދު ނޭދެވޭ ނަޒަރަކުން ދެކެއެވެ.

އެފަދަ މީހުން އަމިއްލަ ނަފްސާމެދު ސުވާލު އުފައްދާނެއެވެ. އަދި ކަންބޮޑުވުމާއެކު ރިޖެކްޝަނަށް އުއްމީދުކޮށް، ބައިވެރިޔާގެ ފަރާތުން ރިޖެކްޝަން ހޯދުމުގެ މަސައްކަތް އަބަދުވެސް ކުރެއެވެ. އެފަދަ މީހުންނަށް ބައިވެރިޔާގެ ފަރާތުން ކުރާ ހެޔޮ އަމަލަކީ ވެސް ދެކޮޅުވެރި ކަމާއި ދެކޮޅު ހެދުމުގެ އަމަލެއްގެ ގޮތުގައި ފެނެއެވެ.

ހިތާމައަކީ ޖިސްމާނީ ރީތިކަމާއި ތަކެތީގެ މުދަލަށް ގިނަ ފަހަރަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ސަގާފަތެއްގެ ތެރޭގައި ދިރިއުޅެން ޖެހޭކަމެވެ.

އޭގެ ސަބަބުން ހަގީގަތުގައި އަމިއްލަ ނަފްސު ބަލައިގަތުމަށާއި އަގު ވަޒަންކުރަން ދަތިވެގެންދެއެވެ. މުޖުތަމައުން ގިނަ ފަހަރަށް ޕްރެޝަރު ކުރަނީ ތިމާ އެހެން މީހުންނާ އަޅާކިޔުމަށެވެ. އެކަމުގެ ސަބަބުންވެސް އަމިއްލަ ނަފްސު ދެކެ ނަފްރަތު ކުރުވާ ކަހަލަ އިހުސާސްތައް އުފެދިދާނެއެވެ.

ތިމާގެ އަސާސީ ބޭނުންތަކަށް ރަނގަޅަށް އަޅާލުމުން އަމިއްލަ ނަފްސަށް މާ ބޮޑަށް ލޯބިވާނެއެވެ. އަމިއްލަ ނަފްސަށް ލޯބި ކުރާ މީހުން ކޮންމެ ދުވަހަކު ވެސް ސިއްހަތަށް ފައިދާ ހުރި ކަންކަމުގެ ތެރެއިން، ރަނގަޅު ނިއުޓްރިޝަން، ކަސްރަތު، ރަނގަޅަށް ނިދުމާއި ގާތްކަމާއި ދުޅަހެޔޮ އިޖުތިމާއީ މުއާމަލާތްތައް މެދުވެރިކޮށް އަމިއްލަ ނަފްސު ތަރުބިއްޔަތު ކުރާނެއެވެ.

ބައުންޑަރީތަކެއް ކަނޑައެޅުމަކީވެސް މުހިންމު ކެމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން ތިމާއަށް ގެއްލުމެއް ލިބޭ ފަދަ މަސައްކަތެއް، ނުވަތަ ހަރަކާތްތަކަށް ލިމިޓްތަކެއް ކަނޑައެޅުމުން ތިމާއަކީ ކާކުކަން ދެނެގަނެ އަމިއްލަ ނަފްސަށް މާ ބޮޑަށް ލޯބިވާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *