Ads by
ލައިފްސްޓައިލް
ސޯޝަލް މީޑިއާގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރަނީ ކިހިނެއް؟

ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ތަފާތު އިހްސާސްތައް ކުރުވާ ކަމެކެވެ. ކުރާ ޕޯސްޓެއްގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލައިކްސް ލިބުމުން ނުވަތަ ނެގެޓިވް ފާޑުކިޔުންތަކުން ގޮސް, ލިބޭ ކޮމެންޓަކުން ވެސް މިޒާޖަށް އޭގެ އަސަރު ކޮށްފާނެއެވެ.

Ads by Eki Online

ސޯޝަލް މީޑިއާގެ ސަބަބުން އަހަރެމެންގެ އަގުހުރި ވަގުތުތައް ފޭރިގަނެ، ސަމާލުކަން ގެއްލިދާނެއެވެ. ދުވަހުން ދުވަހަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލުކަމަށް އޭގެ އަސަރު ކޮށްފާނެއެވެ.

ވިސްނުމެއް ނެތި އިށީނދެ އިނދެ ސޯޝަލް މީޑިއާ މެދުވެރިކޮށް ސްކްރޯލް ކުރުމަކީ ހުސް ވަގުތުކޮޅެއް ލިބޭ އިރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. މިސާލަކަށް ބަލާނަމަ އެވްރެޖްކޮށް އެމެރިކާ މީހުން ދުވާލަކު ގާތްގަނޑަކަށް 10 ގަޑިއިރު ސްކްރީނެއްގެ ކުރިމަތީގައި ހޭދަކުރެއެވެ. އެކަން ކުރުމާ ގުޅިފައިވާ ނުބައި ނަތީޖާތަކެއް އެބަހުއްޓެވެ. މިކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަން ކުރިމަތިވެއެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް ދިމާވާ މައްސަލަތަކަކީ ހަމައެކަނި ބޮޑެތި މީހުންނަށް ދިމާވާ މައްސަލަތަކެއް ނޫނެވެ. ޕްރައިމަރީ ސްކޫލް އުމުރުގެ ކުދިން ހިމެނޭ ގޮތަށް އެކި އުމުރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ސަބަބުން ކިޔެވުމަށް އޭގެ ނޭދެވޭ އަސަރުކޮށް އުމުރާއި ނުގުޅޭ ކަންތައްތައް ކުރާ މަންޒަރު ފެނެއެވެ. މިއީ ގޯސް ނަތީޖާއެއް ކުރިމަތިވެދާނެ ކަމެކެވެ.

ސޯޝަލް މީޑިއާއިން ލިބޭ ބައެއް ފައިދާތަކައް ދެން އަލިއަޅުވާލާނަމެެވެ. އިންސާނުންނަކީ އިޖުތިމާއީ ދިރުންތަކެއް ކަމުން އެހެން މީހުންނާ ގުޅިފައި ތިބުމުން ސްޓްރެސް އާއި އެންޒައިޓީ އަދި ހިތާމައިގެ އިހުސާސްތައް ފިލުވާލެވޭނެއެވެ. ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ދުރުގައި ތިބޭ އާއިލާ މީހުންނާއި ރައްޓެހިންނާއި ގުޅުން ބަދަލި ކުރުމަށް ފަސޭހަވެގެންދެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *