Ads by
ލައިފްސްޓައިލް
ސްޓްރެސް ވުމުން ދެން ހަދާނީ ކިހިނެއް؟

ސްޓްރެސްއަކީ މާ ގޯސްވެއްޖެ ނަމަ މުޅި މީހާގެ ދިރިއުޅުމަށް ގެއްލުން ކުރާނެ ކަމެކެވެ. ދިރިއުޅުމުގެ ކަންތައްތަކާއި މަސައްކަތުގެ މާހައުލުގެ ކަންތައްތައް އެކުގައި ކުރާއިރު ކޮންމެ މީހަކީ ވެސް ކުރާނެ ކަންތައް ގިނަވެ އަވަހަށް ސްޓްރެސް ވާނެ މީހެކެވެ.

Ads by Eki Online

ސްޓްރެސް އުފެދެނީ އާންމު ދިރިއުޅުމުގެ އެކި ކަންކަމުންނެވެ. އޭގެ ސަބަބުން ޖިސްމާނީ ގޮތުން ތަފާތު އަލާމާތްތައް ފެެންނާނެއެވެ. އޭގެ ތެރޭގައި އަހުލާގަށް އަންނަ ބަދަލުތަކާއި ތަފާތު އިހުސާސްތައް ތަޖުރިބާ ކުރުން ހިމެނެއެވެ.

ސްޓްރެސްގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތަފާތު އަސަރުތަކެއް ކުރާއިރު، އޭގެ ސީރިއަސްކަމަކީ ވެސް ބަލާލަން މުހިންމު ކަމެކެވެ.

އާންމުކޮށް ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ކަންބޮޑުވުމާއި، ކޮންސެންޓްރޭޝަންގައި އުނދަގޫވުން، ކެއުމުގެ އާދަޔާ ހިލާފު އާދަތަކާއި، މޫޑު ބަދަލުވުން، އަމިއްލަ ނަފްސަށް ކުރާ އިހުތިރާމް ދަށްވުން، ނިދުމުގެ އާދަޔާ ހިލާފު އާދަތަކާއި، ނުތަނަވަސްކަން އުފެދުމާއި، ބޮލުގައި ރިއްސުން އަދި ޑިޕްރެޝަން ފަދަ ކަންކަން ހިމެނެއެވެ.

ދިގު މުއްދަތަކަށް ސްޓްރެސް އިން ރައްކާތެރިވެ މެނޭޖްކުރުމަކީ ހިތުގެ ބަލިތަކާއި، އޮބެސިޓީ އާއި ލޭމައްޗަށް ދިއުމާއި ޑިޕްރެޝަންގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

ސްޓްރޭސްގެ ސަބަބުން ލޭގެ ތެރެއަށް ކޮލެސްޓްރޯލް އާއި ޓްރައިގްލިސެރައިޑްސް ބޭރުވެ ހިތުގެ ވިންދު އިތުރުވެ ލޭ ދައުރުވުން އިތުރުވެއެވެ.

ސްޓްރެސް ވުމުން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ސްޓްރެސް ވާ ވަގުތު ކުޑަ ބްރޭކެއް ނަގުމެވެ. އެއަށްފަހު ބޮލުގައި އުފެދޭ ސުވާލުތަކާއި އެވަގުތު އުނދަގޫ ވާ ކަންތައްތައް ވަގުތުން ކަރުދާހަށް ބަދަލުކޮށްލާށެވެ. އޭގެ ސަބަބުން ސުވާލުތަކާއި އުދާސްތައް އިތުރަށް އަތުރާލުމަށް ފުރުސަތު ލިބިގެން ދާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *