Friday, 6 March 2026
Ads by

ކާމިޔާބު ފިލްމް “ކަމަނާ”- އޮލިމްޕަހުގެ ހައުސްފުލް 37 ޝޯ އަށް ފަހު ޝްވެކް ސިނެމާއަށް!

ކާމިޔާބު ފިލްމް “ކަމަނާ”- އޮލިމްޕަހުގެ ހައުސްފުލް 37 ޝޯ އަށް ފަހު ޝްވެކް ސިނެމާއަށް!

މިމަހުގެ 27ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި ދިވެހި ފިލްމު ކަމަނާގެ އޮލިމްޕަހުގެ ހައުސްފުލް 37 ޝޯ އަށް ފަހު ޝްވެކް ސިނެމާގައި އަޅުވާގޮތައް ހަމަޖެހިއްޖެއެވެ.

Ad Image
Ads by MN Maldives

މިއަދު ވަނީ ކަމަނާ ޝްވެކްގައި އެޅުވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހުޅުމާލެ ޝްވެކްގައި މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ އިން ފެށިގެންނެވެ.

ޝްވެކް ސިންމާގައި މި ފިލްމު އެޅުވުމަށް ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ފިލްމް ބަލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑޫ) ޑައިރެކްޓް ކޮށްފައިވާ ‘ކަމަނާ’ އަކީ ގެވެށި އަނިޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި ހިމެނެނީ މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) އެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ. މިއީ ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

ބޭވަފާތެރި ފިރިއެއްގެ ސަބަބުން މާބަނޑު މީހަކަށް ކުރިމަތިލާން ޖެހޭ ގެވެށިއަނިޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ މުޅި މުޖުތަމަޢުއަށް ދެވޭ ވަރަށް މުހިންމު މެސެޖެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
qaumee mugarrir
ވިހައިގެން 2 އަހަރު ވަންދެން ދުވާލަކު 1 ގަޑިއިރު ދަރިންނާއެކު ހޭދަކުރެވޭނެގޮތް ހަމަޖައްސަނީ
eydhafushi
އޭދަފުށީގައި ޤާއިމްކުރާ އެމްއެންޔޫ ކެމްޕަހުގެ ޢަމަލީ މަސައްކަތް ފަށައިފި
mascase 2
މި ފަހަރު ރޯދަ ހަދިޔާ 113،382 ގޭބިސީއަކަށް ދޫކުރި
shifa mayor
ޕީއެންސީ ކެންޑިޑޭޓް ރީނުގެ ޖަގަހަ ހުޅުވަން ދިއުމުން ބަޔަކު ކަންބޮޑުވާކަށް ނުޖެހޭ: ޝިފާ
Ads by
މަގުބޫލު
Ayatollah-Ali-Khamenei-
ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން
d9c7283c-dff7-4d34-9e99-575549109b22
މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާގެ ތާއީދު ޕީއެންސީ އަށް!
bodu_thakuru
ބާޒާރުމަތި ގަދަކަނޑަކުން އަމާން ދަތުރަކަށް - އިހުމާލަށް ނިމުން އައި އިންޤިލާބީ ބަދަލު!
dheenah hajoo
ވަހީ އަންނަކަމަށްބުނެ ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރަމުންދާ މީހާ ހޯދަން އިޢުލާނުކޮށްފި
Ayatollah-Ali-Khamenei-
ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން
d9c7283c-dff7-4d34-9e99-575549109b22
މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާގެ ތާއީދު ޕީއެންސީ އަށް!
bodu_thakuru
ބާޒާރުމަތި ގަދަކަނޑަކުން އަމާން ދަތުރަކަށް - އިހުމާލަށް ނިމުން އައި އިންޤިލާބީ ބަދަލު!
dheenah hajoo
ވަހީ އަންނަކަމަށްބުނެ ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރަމުންދާ މީހާ ހޯދަން އިޢުލާނުކޮށްފި