Ads by
ސިއްހަތު
ފެން ބުއިމުން ލިބޭ ފައިދާތައް އިނގޭ ނަމަ ފަރުވާކުޑަ ނުކުރާނެ!

ބޯފެނަކީ ގިނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. ފެނަކީ ގުނަވަންތައް ލުބްރިކޭޓް ކުރުމާއި މުޅި ހަށިގަނޑަށް އޮކްސިޖަން ފޯރުކޮށްދިނުމާއި ކިޑްނީއަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދިނުން ފަދަ ޖިސްމާނީ ގިނަ މަސައްކަތްތަކަށް ވަރަށް މުހިންމު އެއްޗެކެވެ.

Ads by Eki Online

ކޮންމެ ދުވަހަކު ވެސް އެކަށީގެންވާ ވަރަށް ފެން ބުއިމަކީ ގިނަ ބަޔަކު އެހާ އިސްކަންދޭ ކަމެއް ނޫނެވެ. ނަމަވެސް އިނގެން މުހިންމު ކަމަކީ ރަނގަޅަށް މަސައްކަތް ކުރުމަށް ހަށިގަނޑުގެ ހުރިހާ ސެލްތަކަށާއި ގުނަވަންތަކަށް ފެން ބޭނުންވާ ކަމެވެ.

ގިނައިން ފެން ނުބޯނަމަ ޑީހައިޑްރޭޓްވެއެވެ. ޑީހައިޑްރޭޝަންގެ ސަބަބުން ސިކުނޑީގެ އޮނިގަނޑަށާއި މަސައްކަތްތަކަށް އަސަރުކުރެއެވެ. ދިގު މުއްދަތަކަށް ޑީހައިޑްރޭޓް ވުމުގެ ސަބަބުން ވިސްނުމާއި ސިކުނޑީގެ މައްސަލަތައް ކުރިމަތިވެއެވެ.

ލޭގައި 90 އިންސައްތައަށްވުރެ ގިނައިން ފެން ހުންނައިރު ލޭގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން ގެންދެއެވެ. ފެން މަދުވުމުގެ ސަބަބުން ލޭ ހަރުވެ، ލޭގެ ޕްރެޝަރު އިތުރުވެއެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އެންމެ ބޮޑު ސަބަބަކީ ފެން މަދުވުމެވެ. އެކަންކަން ރިޕޯޓްކުރާ މީހުން ގިނަފަހަރަށް ދުވާލެއްގެ މައްޗަށް ރިކޮމެންޑް ކުރާ މިންވަރަށް ފެން ނުބޮއެވެ. ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން ކިޑްނީގެ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ.

ދުވާލެއްގެ މައްޗަށް ބޭނުންވާ ފެނުގެ މިންވަރު އެކި މީހުންނަށް ތަފާތެވެ.

އެމެރިކާގެ ނޭޝަނަލް އެކަޑަމީސް އޮފް ސައިންސް، އިންޖިނިއަރިން އެންޑް މެޑިސިންއިން ބުނާ ގޮތުގައި ކެއުމާއި ބުއިމުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ލަފާދެނީ:

ފިރިހެނުންނަށް: ގާތްގަނޑަކަށް 3.7 ލީޓަރު ނުވަތަ 125 އައުންސް
އަންހެނުންނަށް: ގާތްގަނޑަކަށް 2.7 ލީޓަރު ނުވަތަ 91 އައުންސް

އެއީ ފިރިހެނުންނަށް ގާތްގަނޑަކަށް 15.5 ތަށި އަދި އަންހެނުންނަށް 11 ތައްޓެވެ. ނަމަވެސް އޭގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ އަންނަންވާނީ ފެން ހިމެނޭ ބުއިންތަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *