Ads by
ޚަބަރު
ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރައީސް ޑރ. މުޢިއްޒު އިފްތިތާހު ކޮށްދެއްވައިފި

“ދިވެހިރާއްޖޭގެ ޒަކާތު ހައުސް” މިއަދު އިސްމީމަރުކަޒުގައި ބޭއްވުނު ޖަލްސާގައި ޒަކާތު ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.

Ads by Eki Online

ޒަކާތު ހައުސް އިފްތިތާހު ކޮށްދެއްވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. ޝަހިމް ވިދާޅުވީ ޒަކާތު ހައުސް އުފެއްދުމުގެ ހަގީގީ ބޭނުމަކީ އިންސާފުވެރިކަމާ، ތެދުވެރިކަމާއެކު ޒަކާތް އޭގެ ހައްގުވެރިންނަށް އަދާކޮށްދިނުން ކަމުގައެވެ.

މިނިސްޓަރ ޑރ. ޝަހީމް ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމުން ރައީސް މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާ،

އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސެވީ ފާއިތުވި ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އެކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 18/2023 ނަންބަރު ދެންނެވުމުގައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ “ދިވެހިރާއްޖޭގެ ޒަކާތު ހައުސް” އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޖާނޭ5 މަސް ކުރިން

ޒަކާތާބެހޭ އޮފީހެއް މައުމޫނު ދައުރުގައިވެސްހުރި ތިޔައީ އާކަމެއްނޫން ވަރަށް ވަރަށްސާފް

0
0