Wednesday, 9 September 2026
Ads by

ތަސްލީމު ގެއްލުނު ހާދިސާ: އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން ފުލުހުން އެދިއްޖެ

ތަސްލީމު ގެއްލުނު ހާދިސާ: އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން ފުލުހުން އެދިއްޖެ

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން އެދިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

Ad Image
Ads by

އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާއިރު ފުލުހުން މިފަދައިން ބުނެފައިވަނީ އެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އެ ދުވަހު މެންދުރުފަހު 1:20 ހާއިރު ކަމަށެވެ. އަދި ރިޕޯޓްކުރުމާއެކު ތަސްލީމްގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފެށި ކަމަށް ވެސް ބުނެފައިވެއެވެ.

ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިން ޓީމް ފަސްގަނޑު ހިމެނޭ ސަރަހައްދު ޑައިވްކޮށްގެން ބަލާފައިވާ ކަމަށާއި އޮގަސްޓް 31, ސެޕްޓެމްބަރު 1 އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު 943,998 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.

ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ދަތުރުގެ ބައިވެރިން ދަތުރަށް ފުރާފައިވަނީ 29 ވަނަ ދުވަހުގެ 5 އާއި 5:30 ދޭތެރޭގެ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ ދަތުރުގައި ތަސްލީމް ހިމެނޭހެން ޖުމްލަ 25 މީހުންނާއި 2 ކުޑަކުދިން ބައިވެރިވެފައިވެއެވެ.

އެ ދަތުރަކީ މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ގޮސްފައިވާ ދަތުރެއް ކަމަށާއި ތަސްލީމް ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ތަސްލީމް މާލޭގައި އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ތަސްލީމްގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގުކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް އާއިލާއާއި ހިއްސާކުރަމުންގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި