Thursday, 27 March 2025
Ads by

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި މީހަކު ބަންދުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި މީހަކު ބަންދުކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތުދެއްވާ ގޮތުގައި މިދިޔަ އެޕްރީލް މަހު އެއިދާރާއަށް ހުށަހެޅުނު މިމައްސަލައިގައި ތުހުމަތުކުރެވޭ 57 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ މީހަކު މިމައްސަލާގައި ހައްޔަރުކޮށްފައިވާކަމަށާއި އެމީހާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ޖިންސީ އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތުގެ އައިޑެންޓިޓީ ހިމާޔަތްކުރުމުގެ ގޮތުން އަތޮޅާއި ރަށް ހާމަނުކުރުމަށް ފުލުހުން ޢަމަލުކުރާ އުސޫލު ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
A07F9088-E0DE-4C18-BAE3-6518526D2800
އެކި ސުފުރާ: ޗޮކްލެޓް ބޯލްސް
2bada6e4b32f43d7fca7689d75b1e936
ދެ ވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
Kamanaa
އެންމެ ކާމިޔާބު ފިލްމް "ކަމަނާ": ތިނަދޫ ސިޓީގެ ޕްރިމިއަރ އަށް ޔޫއްޕެ ތިނަދޫއަށް!