Sunday, 26 January 2025
Ads by

ރާއްޖެ އާއި ޗައިނާގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައިފި

ރާއްޖެ އާއި ޗައިނާގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން، ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ad Image
Ads by MN Maldives

ޑިފެންސް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޗައިނާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ ގައްސާނު، ޑޮންގްއާ ބައްދަލުކުރެއްވީ 11 ވަނަ ބެއިޖިން ޝަންޝަންގެ ފޯރަމްގެ ހަވާސާގައި ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޑިފެންސުގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފަޒީލް ނަޖީބު ބައިވެރިވަޑައިގެންނެވިއެވެ.

ރާއްޖެ-ޗައިނާގެ ޑިފެންސުގެ ވެރިން ބައްދަލުކުރައްވާފައިވާއިރު ދިފާއީ ބާރަށް ބޭނުންވާ ނަން-ލީތަލް އާލަތްތަކާއި ސިފައިންނަށް ތަމްރީނުތައް ހޯދުމަށް ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
2bada6e4b32f43d7fca7689d75b1e936
ދެ ވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް