Ads by
ޚަބަރު
އާ އަހަރު އުރީދޫއިން ކަސްޓަމަރުންނައް ހާއްސަ ޕެކޭޖްތަކެއް

އާ އަހަރުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ ޕެކެޖްތަކެއް ނެރެފިއެވެ.

Ads by Eki Online

މި އޮފާ ތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އުރީދޫން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އާ އަހަރުގެ އޮފާތައް 1 ޖެނުއަރީ 2024ގެ ރޭނގަޑު 12:00 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ.

5ޖީ އެކްސްކުލޫސިވް އެޑް-އޮންސް

އާ އަހަރާއި ދިމާކޮށް ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ އަށް ހާއްސަ އެކްސްކުލޫސިވް އެޑް އޮން ތަކެއް އުރީދޫއިން ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގައި 5ޖީ ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް މި އޮފަރތައް ބޭނުން ކުރެވޭނެއެވެ.

މިހާރުގެ މިއަގުގައި ހުރި އެޑް-އޮން ތަކުގެ 3 ގުނަ ޑޭޓާ މި އޮފަރ ގައި ލިބޭނެކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.

  • 5ޖީ ޑޭޓާ 600: 54 ޖީބީ ، 30 ދުވަހަށް 600ރ
  • 5ޖީ ޑޭޓާ 750: 120 ޖީބީ ، 30 ދުވަހަށް 750ރ
  • 5ޖީ ޑޭޓާ 1100: 160 ޖީބީ ، 30 ދުވަހަށް 1100ރ

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް އޮފާތަކުގެ ތެރޭގައި

  • ސޯޝަލް އަންލިމިޓަޑް ޕްލޭން: 24 ގަޑިއިރަށް 24 ޖީބީ، 25ރ އަށް. ސޯޝަލް މީޑީއާ އަންލިމިޓަޑް، އަދި އޫރީދޫ ނަންބަރު ތަކަށް ގުޅުން މުޅިން ހިލޭ. ސޯޝަލް މީޑިއާ އެޕްތަކުގެ ތެރޭގައި ވީޗެޓް، ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް، ސްނެޕްޗެޓް، ޓްވިޓަރ، އަދި އިންސްޓަގްރާމް ހިމެނޭ.
  • އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4 ޖީބީ، 6 މަހަށް 2024ރ. މުޅިއަކު 720 ޖީބީ
  • އާޗާ އަހަރީ ޕްލޭން: ދުވާލަކު 1 ޖީބީ، 365 ދުވަހަށް 3000ރ.  1 އަހަރަށް 365 ޖީބީ

ސުޕަރނެޓް އޮފަރ

  • ސުޕަރނެޓަށް އަލަށް ރެޖިސްޓަރ ކުރާ ފަރާތްތަކުގެ ތެރެއިން، 400ރ އިން މަތީގެ ޕެކޭޖުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް 100ޖީބީ ބޯނަސް ޑޭޓާ. މި ޑޭޓާ 3 މަހަށް ބޭނުންކުރެވޭނެ. މިއީ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑުގެ އަޖުމަ ބަލާލުމަށް ރަނުގެ ފުރުސަތެއް.

5ޖީ އެއަރފައިބަރ

  • މި އޮފަރގައި އެއަރފައިބަރ އަލަށް ރެޖިސްޓަރކޮށް 999ގެ ޕެކޭޖަށް ވުރެ މަތިން ނަންގަވާ ކަސްޓަމަރުންނަށް، އެއަރފައިބަރ ޑިވައިސްއެއް ހިލޭ ލިބުމުގެ ފުރުސަތު، ލިބޭއިރު މިއީ 5ޖީގެ އެންމެ ހަލުވި ނެޓްވާކާއި ގުޅާލުމަށް ވަރަށް ރަގަޅު އޮފަރ އެއް ކަމަށް އުރީދޫއިން ފާހަގަކުރެ އެވެ.
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *