Ads by
ޚަބަރު
2024 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މި ފެށުނު 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔަކީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ބަންޖަމިން ޑަންކަން މޫރޭއެވެ.

Ads by Eki Online

އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ކުލަގަދަ ހަރަކާތްތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ބާއްވާފައެވެ.

ބަންޖަމިން ޑަންކިން މޫރޭ އަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލް އާއި، އެމްއެމްޕީއާރްސީގެ އިސްވެރިންނާއި، އެމްއޭސީއެލްގެ އިސްވެރިން ވަޑައިގެންނެވިއެވެ.

އާ އަހަރު ރައްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ފަހު ފަތުރުވެރިކަމާއި ބެހޭ ވަޒީރުވަނީ އެކަމާއި ގުޅިގެން އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މި އަހަރަށް އަމާޒު ހިފާފައިވާ ލަނޑު ދަނޑިތަކަށް ވާސިލު ވުމަށްޓަކައި އިތުރު މާކެޓުތައް ޑައިވާސިފައިކޮށް ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބުރާޙިމް ފައިސަލް ވިދާޅުވެފައިވަނީ މި ފެށުނު އާ އަހަރުގެ އަމާޒަކީ 2 މިލިއަން ފަތުވެރިން ރާއްޖެ ގެނެވޭތޯ ބެއްލެވުން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *