Ads by
ޚަބަރު
ބޭރު ގައުމުތަކުގެ އިސްވެރިންނަށް ރައީސް ޑރ. މުޢިއްޒު އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި
ފޮޓޯ: ރައީސް އޮފީސް

މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އަދި‌‌‏ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަމިއްލަ ނަންފުޅުގައި ބޭރުގެ ގައުމުތަކުގެ އިސްވެރިންނަށް އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި ރަހުމަތްތެރި ގައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވެވި މެސެޖުގައި އެ ގައުމުތަކުގެ ސަރުކާރާއި ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ.

އަދި މި ފެށި އަހަރަކީ އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމަށާއި އެ ގައުމުތަކާ ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ރައީސް ވަނީ ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުގެ އިސްވެރިންނަށްވެސް އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

އެގޮތުން އދ، ސާކް އަދި ކޮމޮންވެލްތަށް ތަހުނިޔާ ފޮނުއްވާފައިވާއިރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަށް ހައްލުކުރުމަށާއި ދުނިޔޭގެ ހާލަތު ރަނގަޅު ކުރުމަށް އެ ޖަމިއްޔާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ބުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *