Wednesday, 9 September 2026
Ads by

އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އީފާޑް) ގުޅިގެން ކުރިއަށްގެންދާ ”މޯލްޑިވްސް އެގްރީބިޒްނަސް ޕްރޮގްރާމް“ ގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

Ad Image
Ads by

ގްރީން ހައުސް ގާއިމް ކުރާ ރަށްތަކަކީ

  • ހދ. ކުމުންދޫ
  • ހދ. ހަނިމާދޫ
  • ށ. ބިލެތްފަހު
  • ށ. ކަނޑިތީމު
  • ށ. ފޭދޫ

އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ނަމުގައި ކަަމަށެވެ. އެ ޕްރޮގްރާމަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮފްމަންޓް (އިޕާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްދާނެ ޕްރޮގްރާމެކެވެ.

އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ހއ، ހދ، އަދި ށ. އަތޮޅުގެ 26 ރަށެއްގައެވެ.

އެ ރަށްތަކުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ޕާމާ ފޯރަމް ގްރޫޕްތަކެއް ގާއިމްކޮށް އެ ފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މައުލޫމާތާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު އެންމެ މުހިންމު އެއް މަސައްކަތަކީ ކްލައިމެޓް ސްމާޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިން ކުރަމުން އަންނަ ގޮތަށްވުރެ ރަނގަ/ލު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަހުލުވެރިކުރުމެވެ.

އެގޮތުން 12 ރަށެއްގައި ގްރީން ހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ، މެލަން ހައްދާނެ ގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްތަކުގައި ޖުމްލަ 224 މީހުންވަނީ ތަމްރީން ކޮށްފައި ވެއެވެ. އަދި އިތުރު ބާވަތްތައް ހައްދާނެ ގޮތް ދަސްކޮށްދިނުމަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަަށެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ބުނީ އެ ޕްރޮޖެކްޓް އިތުރަށް ފުޅާކުރުމަށް އިތުރު ފަސް ރަށެއްގައި ގްރީން ހައުން އަޅައިގެން ތަރުކާރީ ހައްދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެ ރަށްތަކުގައި ގްރީން ހައުސް އިންސްޓޯލްކުރުމަށް އަމިއްލަ ފަރާތަކާއި އެކުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި