Wednesday, 9 September 2026
Ads by

ބުރިޖާއި ހައިވޭ ޕެޓްރޯލްކުރަން ފުލުހުން ސައިކަލުގައި ނިކުންނަނީ

ބުރިޖާއި ހައިވޭ ޕެޓްރޯލްކުރަން ފުލުހުން ސައިކަލުގައި ނިކުންނަނީ

ސިނަމާލޭ ބްރިޖާއި ހައިވޭގެ ޓްރެފިކް ބެލެހެއްޓުމަށްޓަލައި ބްރިޖް ޕެޓްރޯލް ކުރުމަށް ސައިކަލުގައި ފުލުހުން ނިކުންނަން ނިންމައިފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވީ މާލެ ސަރަހައްދުގެ އެންމެ ގިނަ އެކްސިޑެންޓްތައް ހިންގަނީ ސިނަމާލެ ބްރިޖްގައި ކަމަށެވެ. އެގޮތުން ސިނަމާލެ ބެރިޖްގައި ހިނގާ އެކސިޑެންޓްތަކުން ލިބޭ ގެއްލުންތައް ބޮޑުކަމުގައި ފާހަގަކުރައްވައި ލުތުފީ ވިދާޅުވީ، އެފަދަ އެކްސިޑެންތައް މަދުކުރުމަށް ބްރިޖް ޕެޓްރޯލްކުުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މިހަފުތާ ނިމުމުގެ ކުރިން ބްރިޖް ޕެޓްރޯލް ކުރުމަށްޓަކައި ފުލުހުން ސައިކަލު ބޭނުން ކުރަން ފަށާނެކަމަށެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ފުލް ޕެޓްރޯލް ކުރާ ގޮތަށް ޕޮއިންޓް ހަދައިގެން ހުރިހާ ތާކު ތިބުމަކީ ފަސޭހަ ކަމެއް ނޫންކަމުގައި ވިދާޅުވެ، ލުތުފީ ވަނީ މިއަދާ ހަމައަށް ޕެޓްރޯލް ކުރަމުން އައީ ކާރު ބޭނުންކޮށްގެން ކަމަށް ވިދަޅުވެފައެވެ.

ލުތުފީ ވިދާޅުވީ ބްރިޖުގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިނަމަ ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއަރާ ކަމަށާއި ސައިކަލު ބޭނުން ކުރަން ފެށުމުން އެފަދަ ސީންތަކަށް ވީހާވެސް އަވަހަށްދާން ފަސޭހަވެ އަވަހަށް ޓްރެފިކް ފްލޯ ހަމައަކަށް އެޅުމަށްވެސް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ލުތުފީ ވިދާޅުވީ، ބްރިޖް ޕެޓްރޯލްކުރުމަށް ސައިކަލު ތައާރަފްކުރުމަކީ މިހާރަށް ވުރެ ބޮޑަށް ބުރިޖު މަތީގައި ފުލުހުންގެ ހަރަކާތްތައް އިތުރުވެ ކުށްކުރާ ފަރާތްތައް ދެނެގަތުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ގަލަން
ގަލަން
1 އަހަރު ކުރިން

ކޮންއިރަކުބާ ނިކުންނަނީ އިތްޔެވެސް ނޫސްތަކުގަ ތިޚަބަރު ތައްފެނުނު

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި