Ads by
ޚަބަރު
މާލެއަށް ކުރާ ވިއްސާރަ އާއި ގުޅިގެން އަމީނީމަގުގެ މަސައްކަތް މެދުކަނޑައިލައިފި
ފޮޓޯ: އާރޑީސީ

މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ހުރިހާ މަގުތަކެއްގައި ފެން ބޮޑުވުމުމާއި ގުޅިގެން އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފިއެވެ.

Ads by Eki Online

އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ އަށް ވެހެމުންދާ ބޯ ވާރެއާއި ގުޅިގެން، އަމީނީ މަގުގެ މަސައްކަތް ނުކުރެވި، މަޑުޖައްސާލާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ފެން ބޮޑުވެފައިވާއިރު، އަމީނީ މަގުގައި މިހާރު މަސައްކަތް ކުރާ ސަރަހައްދުގައި ހިނގައިބިނގާވެ އުޅުމަށް އާންމުނަށް ރައްކާތެރި ނުވާތީ، އެ ސަރަހައްދަށް އާންމުން ނުވަނުމަށް އާރުޑީސީން އިލްތިމާސްކުރިއެވެ.

އަމީނީ މަގާއި އިއްޒުންދީން މަގާ ގުޅޭ ހިސާބަށް ތާރު އެޅުމަށް ފަހު، މަސައްކަތް މެދުކަނޑައިލީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށެވެ.

ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލައިފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ވީހާ ވެސް އަވަހަކަށް އެ މަގުގެ މަސައްކަތް ނިންމުމަށް އާރުޑީސީން އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *