Ads by
ޚަބަރު
އަންނަ އަހަރުގެ އަމާޒު 2 މިލިއަން ފަތުރުވެރިން: މިނިސްޓަރ ފައިސަލް

އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނެވިދާނެ ކަމުގެ އުއްމީދު ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޕީއެސްއެމްގެ ”ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، އަންނަ އަހަރަށް އެންމެ ފުރަތަމަ ކަމަކަށް އަމާޒު ހިފާފައި ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީއާ ގުޅިގެން ފަތުރުވެރިން އިތުރުކުރުމުގެ މަސައްކަތައް ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޚާއްޞަ ސަމާލުކަމެއްދީގެން ރަޝިޔާގެ ބާޒާރުން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.

އެހެންވީމާ ރަޝިޔަން މާކެޓަށް ފޯކަސްކޮށްގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން، އެމާކެޓުން އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތަކެއް ހޯދުމަށް.

– މިނިސްޓަރ ފައިސަލް

މިއަހަރަށް ސަރުކާރުން ކަނޑައެޅީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ އިތުރަށް ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރު އެ ގައުމުން އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 205،278 އެވެ. އެއީ 11.2 އިންސައްތަ ފަތުރުވެރިންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *