Ads by
ޚަބަރު
ރަހީނުކޮށް ބްލެކްމެއިލް ކުރި 3 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މީހަކު ރަހީނުކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

Ads by Eki Online

މީހަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި މާލޭން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހ ފިރިހެނުންނެވެ.

އެ މީހުންގެ މައްޗަށް، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާ، ބިރު ދެއްކުމާ، ފޭރުމާ، ވައްކަމުގެ އިތުރުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ތުހުމަތު ފުލުހުން ކުރެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ 3 މީހުންނަކީ 25 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

މި ތިން މީހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މި މަހުގެ މެދު ތެރޭގައެވެ. އެ ފަހަރު ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކުރިއެވެ. މީގެ ތެރެއިން އެކެއްގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް މިހާރުވަނީ އިތުރުކޮށްފައެވެ. އަނެއް ދެ މީހުންގެ ތެރެއިން ވެސް އެކަކުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *