Ads by
ޚަބަރު
ކީރިތި ޤުރުއާނުގެ މުހިންމުކަން

ކީރިތި ޤުރުއާނަކީ الله ސުބްޙާނަހޫ ވަތަޢާލާގެ ފޮތެވެ. ކީރިތި ޤުރުއާނުގައިވާ ކޮންމެ ބަހަކީ ވެސް الله ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ބަހެކެވެ.

Ads by Eki Online

ކީރިތި ޤުރްއާނަކީ މާތްﷲ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ބާވައިލެއްވި ފޮތެވެ. އެފޮތަކީ މާތްﷲ ގެ ނިޝާންތަކުގެ ތެރެއިން ނިޝާނެކެވެ.

ކީރިތި ޤުރުއާނުގައި ވަނީ ތެދު ޙަޤީޤަތެވެ. ތެދުވެރި ވެވޭނެ ގޮތެވެ. ޢިއްފަތްތެރިކަމާއި ޢަދުލުއިންޞާފަށް މަގުދެއްކުމެވެ. ވަޢުދު ފުއްދުމާއި، އަމާނާތް އަދާކުރުމުގެ ފިލާވަޅުތަކެވެ. ޔަތީމުންނާއި މިސްކީނުންނަށް ފުރިހަމަޔަށް އިޙުސާންތެރިވުމުގެ އަމުރުފުޅެވެ.

ކީރިތި ޤުރުއާނުގައި މާތް الله އެންމެހާ މީސްތަކުންނަށް އަންގަވާފައިވާ ވަޙީ ބަސްފުޅުތައް ވެއެވެ. އެއީ މީސްތަކުންނަށް ރަނގަޅަށް ޢަމަލުކުރަންވީ ގޮތް ކިޔައިދޭ ވަހީ ބަސްފުޅުތަކެވެ. ކީރިތި ޤުރްއާނުން ދުނިޔޭގައި ރަނގަޅު ދިރިއުޅުމަކަށް މަގުދައްކައިދެއެވެ.

އެ ފޮތުގައި މީސްތަކުންނަށް ނުބައި ކަންކަމުން ނަހީކޮށް، އަނިޔާވެރިވާ މީހުން ކުށްވެރިކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ނަބީބޭކަލުންގެ ވާހަކަތަކާއި ނުބައި އަދި ރަނގަޅު މީހުންގެ މިސާލުތައް ހިމެނެއެވެ. ކީރިތި ޤުރުއާނުގައި މީސްތަކުންނަށް ނަޞޭޙަތްތެރިވެފައިވަނީ އެހެން މީހުންނަށް ހެޔޮކޮށް ހިތުމަށާއި އެމީހުންނަށް އިޙްތިރާމް ކުރުމަށެވެ. އަމާންކަމާއި އެއްބައިވަންތަކަމާއެކު ދިރިއުޅެން ދަސްކޮށްދެއެވެ.

ކީރިތި ޤުރްއާނަކީ ދުނިޔެއާއި آخرة ގައި އުފާވެރިކަން ގެނެސްދޭ އެއްޗެކެވެ. ކީރިތި ޤުރްއާނަށް ތަބާވުމަކީ ދެދުނިޔޭގެ އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *