Ads by
ޚަބަރު
ބޯކޮށް ވާރޭވެހި މާލެ ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މާލެ ފެންބޮޑުވެއްޖެއެވެ.

Ads by Eki Online

ރެއިން ފެށިގެން މާލެއަށް ދަނީ ހުއްޓާނުލާ ބޯކޮށް ވާރޭވެހެމުންނެވެ. މޫސުމާއި ބެހޭ ޤައުމީީ އިދާރާއިން ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލުވެސް ނެރެފައެވެެ.

މާލޭގެ އަމީނީ މަގާއި ބޭރު މަގު ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ބައެއް ހިސާބުތަކުގައި ބައި ފޫޓަށްވުރެ ބޮޑަށް ފެން ބޮޑުވެފައިވެއެވެ.

އަދި މީގެ އިތުރުން އައިޖީއެމްއެޗް ކައިރީގައިވަނީ ފޫޓަކަށްވުރެ މައްޗަށް ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހެނދުނު 08:30 އިން ފެށިގެން އެފްއާރުއެސްއިން ކުރިއަށް އެބަގެންދެއެވެ.

މިގޮތުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އައިޖީއެމްއެޗް ކައިރީގައާއި ދިވެހިރާއްޖޭގެ އަޑު ކައިރީގައާއި، ވެސްޓް ޕާކު ކައިރީގައާއި، މާފަންނު ސްޓޭޑިއަމް ކައިރީގައާއި، ޕޮލިޓެކްނިކް ކައިރީގައާއި، ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީގައާއި އަދި ޕޯސްޓް އޮފީސް ކައިރީގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *