Ads by
ޚަބަރު
ހުޅުމާލޭ ފޭސް 3 : ބިން ހިއްކުމުގެ މަސައްކަތްތަކުގެ 2 ވަނަ ފިޔަވަހި ފަށައިފި
ފޮޓޯ: އާބަންކޯ

ހުޅުމާލޭ 3 ވަނަ ފޭސް ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފިޔަވަހިގެ މަސައްކަތް އިއްޔަ ފަށައިފިއެވެ.

Ads by Eki Online

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ 10 ހެކްޓަރ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައެވެ. ދެވަނަ ފިޔަވަހީގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރ އެވެ. އަދި ތިން ވަނަ ފިޔަވަހީގައި 24 ހެކްޓަރއެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް އަރބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ ފޭސް 3 ސަރަހައްދަށް މިއަދު ޒިޔާރަތް ކުރެއްވިއެވެ.

ބިން ހިއްކާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަތަމަ ސްޓޭޖްގެ ބިން ހިއްކުމަށް ފަހު، ޑްރެޖަރ ގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް މި ޕްރޮޖެކްޓްގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާކަމަށެވެ. އަދި މި ސަރަހައްދުން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހލަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަށްވެސް ބިން އިތުކުރެއްވުމަށް ނިންމަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *