ގިނަ ޢަދަދެއްގެ ބަނގުރަލާއެކު ހުޅުމާލޭން ބަނގުލަދޭޝް މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by MN Maldives
ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ ކާލޫއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުން އޭނާ ހައްޔަރުކުރެވިފައިވަނީ ރޭގެ ވަގުތެއްގައެވެ.
ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު، އެ ކާރުގެ ތެރެއިން 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.