Ads by
ދީން
އީމާންތެރިކަން ބަލިކަށިވާ ނަމަ ކަންތައް ކުރާނެ ގޮތް!

އެއްވެސް މީހެއްގެ އީމާންކަން ކުޑަވަމުންދާކަން އެނގިއްޖެ ނަމަ އޭނާއަށް ނަޞޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެމެންގެ ކޮންމެ މީހަކީ އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރާ މީހަކަށްވާން ޖެހެއެވެ.

Ads by Eki Online

އަޚަކު ނުވަތަ އުޚުތަކު މަގުފުރެދެމުން ނުވަތަ މަގުއޮޅެމުންދާނަމަ އެމީހަކަށް ތެދުމަގު ދައްކައިދޭން މަސައްކަތްކުރަންވާނެވެ. ރުޅި އިސްނުކުރާށެވެ. އެއީ މަގުފުރެދިފައި ހުރި މީހެއް ކަމަށްވެސް ނުބުނާށެވެ. އޭގެ ބަދަލުގައި ހެޔޮ ނަޞޭޙަތް ދޭށެވެ އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ.

އީމާންގެ ބަލިކަށިކަމުގެ މައިގަނޑު ސަބަބަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކާ ކުރިމަތިލާން ޖެހުމެވެ. މި ގޮންޖެހުންތަކާއި މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެނަމަ އީމާންކަން ބަލިކަށިވެގެން ދެއެވެ.

ބައެއް ފަހަރަށް އަހަރެމެންނަށް ދިމާވާ މައްސަލަތަކުން އަރައިގަންނަން ގިނަ ދުވަސްތަކެއް ނަގާއިރު، ދިރިއުޅުމުގެ ޙާލަތްތަކާއި، ވަށައިގެންވާ މީހުންނާއި، ކުރާ ނޭދެވޭ އިޙްސާސްތަކުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މިބުނާ މައްސަލަތަކުން އަރައިގަނެވޭނެ މަގެއް ނުފެނި ވަގުތުން ހައްލެއް ނުލިބުމުން الله ތަޢާލާއާއި އޮންނަ ގުޅުން ބަލިކަށިވަނީއެވެ.

ތިމާގެ އީމާންތެރިކަން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތައް ވަރަށް ގިނައެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރާށެވެ. ނަމާދު ކުރުމާއި އަޅުކަންތައް ކުރުމުގައި ޝާމިލުވާށެވެ. އަބަދުވެސް ވިސްނަން ވާނީ އެކަމުގައި އޮންނަ އެންމެ ރަނގަޅު ގޮތަށެވެ.

އީމާންކަން ކުޑަވަމުންދާ މުސްލިމެއްގެ އީމާންކަން އިތުރުކުރަން މަސައްކަތްކުރުމަކީ ވެސް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ބޮޑުތަނުން އިތުރުކުރައްވަވާނެ ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *