Ads by
ޚަބަރު
އަޒުލުކުރުން ގާނޫނީ ގޮތުން ހުއްދަ، ނަމަވެސް އެކަން ކުރާކަށް މަޝްވަރާއެއް ނުކުރަން: އެމްޑީޕީ
ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ގާނޫނީގޮތުން ރައްޔިތުންގެ މަޖިލީހަށް ހުއްދަކަމާއި، ނަމަވެސް އެކަން ކުރަން އެމްޑީޕީން އަދި މަޝްވަރާއެއް ނުކުރާކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Eki Online

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އެކުލަވާލާފައިވަނީ ރައްޔިތުން ބާރުވެރިކުރާގޮތަށް ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެމްޑީޕީން ރައީސް އަޒުލު ކުރުމުގެ މަސައްކަތް ނުވަތަ މަޝްވަރާ ނުކުރި ނަމަވެސް، ސަރުކާރަށް ތާއީދުރާ ފަރާތްތަކުން އަމިއްލައަށް އެ ވާހަކަ ދައްކަމުން އަންނަކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން އެމްޑީޕީގައި އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ވެސް މިހާތަނަށް ނުކުރޭ. ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް ސްޓޭންޑެއް އަދި އެކަމުގައި ނެތް. އަދި އަޅުގަނޑުމެން އެކަމަށް އެޖެންޑާކޮށް ބަހުސެއް ވެސް ކޮށްފައެއް ނެތް

– ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ސަލީމް މިހެން ވިދާޅިވި ނަމަވެސް، އެމްޑީޕީން ވަނީ ރައީސުލްޖުމްހޫރިއްާއާއި ނައިބު ރައީސް އަޒުލުކުރުމުގެ ގާނޫނު ބަދަލުކޮށް އެ ގާނޫނު ފާސްވެސްކޮށްފައެވެ. މި ގާނޫނަށް ގެނައި ބަދަލަކީ މަޖިލިސް މެންބަރުން ގުނާނީ މަޖިލީސް ތަމްސީލުކުރަން އެވަގުތު ތިއްބެވި މެންބަރުންގެ ނިސްބަތުންކަމަށް ކަޑައެޅުމެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *