Ads by
ޚަބަރު
ޑެންމާކުގެ ފޯވާޑް ރަސްމުސް ހޮޖްލަންޑް މެންޗެސްޓާ ޔުނައިޓެޑްއަށް

މެންޗެސްޓާ ޔުނައިޓެޑްއިން ފޯވާޑް ރަސްމުސް ހޮޖްލަންޑް ގެނައުމާ ގުޅޭ ގޮތުން ސެރީއޭގެ އެޓަލާންޓާއާ އެކު އެއްބަސްވުމަކަށް އައިސްފިއެވެ.

Ads by Eki Online

މި އެއްބަސްވުމުގެ އަގަކީ އިތުރު 8 މިލިއަން ޕައުންޑާއެކު އިނިޝިއަލް 64 މިލިއަން ޕައުންޑެވެ. އެޓަލާންޓާ އިން މަޝްވަރާއަށް ދިޔައީ 77 މިލިއަން ޕައުންޑަށް ބަދަލުކޮށް އެއްބަސްވުން ކުރިއަށް ގެންދާށެވެ. ނަމަވެސް އެއްބަސްވުން ނިމިގެން ދިޔައީ 72 މިލިއަންއަށެވެ.

ފްރާސްގެ ޕީއެސްޖީ އިންވެސް ފޯވާޑް ރަސްމުސް ހޮޖްލަންޑް އަށް ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް ފޯވާޑްގެ އިޚްތިޔާރުގެ މަންޒިލަކީ އޯލްޑް ޓްރެފޯޑް ކަމުން ޕީއެސްޖީގެ މަސްލަހަތާ މެދުކަންބޮޑުވުމެއް ނެތެވެ.

ހޮޖްލަންޑް ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓަކަށް އެއްބަސްވެފައެވެ. ހޮޖްލަންޑް ހިމެނިފައި މިވަނީ މެންޗެސްޓާގެ ރިކޯޑް ފީ އަކަށް ގެނައި ކުޅުނެތެރިންގެ ލިސްޓްގެ 5 ވަނައިގައެވެ.

ޔުނައިޓެޑްގެ މި ސީޒަންގެ ޓްރާސްފާތަށް މިހާރު މިވަނީ ގާތްގަޑަކަށް ނިމިފައެވެ. އިތުރު މީހުން ގެނައުން ބަރޯސާވާނީ ޓީމް ދޫކޮށްފައި ދާ ކުޅުންތެރިންނަށް ބަލާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *