Ads by
ޚަބަރު
އިނގުރައިދޫގައި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުުހުން ބަލަނީ

ރ. އިނގުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސައިކަލުގައި ރޯކޮށްލައި އަންދާލުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

Ads by Eki Online

ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލްގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 2:30 ހާއިރު އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި މަގުމަތީގައި ހުރި ސައިކަލެއްގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންއަށް ދިޔައިރު އެސައިކަލު އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ވަނީ ފަނޑިޔާރުންނަކީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނު ލާޒިމުކުރާ ބަޔަކަށް ވާތީ ރަޝާދުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

އަދި އެ ނާތަހުޒީބު ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *