Ads by
ޚަބަރު
ރައްކާތެރިވުމަށް ޤައުމީ ފެންވަރުގެ ހަރަކާތް, ނައިބު ރައީސް ފައްޓަވައިދެއްވައިފި

މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ރާއްޖެ ސާފް ކުރުމުގެ ބޮޑު ހަރަކާތް، “މަދިރިން ރައްކާ” ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ފައްޓަވައިދެއްވައިފިއެވެ.

Ads by Eki Online

މި ޙަރަކާތް ފެށުމުގެ ގޮތުން މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައި (ޕޮލިސް ޓޯވޔާޑް) ކައިރީގައި ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ހަރަކާތުގެ ތެރެެއިން ނައިބު ރައީސް އާއި ވަޒީރު ވަނީ، މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައި ސާފު ކުރުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

“މަދިރިން ރައްކާ” ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިއަދު މި ފެށޭ ކެމްްޕެއިންގައި އަޅުގަނޑުގެ އެދުމަކީ ދިވެހި ހުރިހާ ރައްޔިތުން މިކަމުގައި އެއްބާރުލުން ދިނުން. މަދަނީ ޖަމިއްޔާތަކާއި ސަރުކާރު މުވައްސަސާތަކާއި އަދި އެ ނޫންވެސް އަޅުގަނޑުމެންނާއި ގުޅުން ހުރި ހުރިހާ ރައްޔިތުން އެއްބައިވަންތަވެ މިކަމުން ސަަލާމަތްވުމަށް ކޮންމެ ދުވަހަކު މި މަސައްކަތް ކުރިއަށް ގެންދިއުން

– ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ރާއްޖޭގައި މަދިރިން ރައްކާތެރިވުމުގެ ޕްރޮގްރާމު ފަށައި މަދިރިއަށް މީހުން ހޭލުންތެރިކުމުރުގެ މަސައްކަތް ސަރުކާރުން ފަށާފައި ވަނީ ރާއްޖެއިން ނައްތާލާފައިވާ މަދިރިން ޖައްސާ ބާވަތުގެ ބައްޔެއް އަލުން ފެނުމާ ގުޅިގެންނެވެ.

މިއަދު ފަށާފައިވާ “މަދިރިން ރައްކާ” ޕްރޮގްރާމުގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *