ނ. ހޮޅުދޫގައި ނިޔާވެފައި އޮތް ދިވެހި އަންހެނަކު ފެނިއްޖެއެވެ.
އޭނާ ނިޔާވެފައި އޮއްވާ ފެނުނިއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެ އަންހެން މީހާގެ އުމުރަކީ 50 އަހަރެވެ.
ފުލުހުން ވިދާޅުވީ، އެރަށުގައި ޒަހަމްތަކާއެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެ އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ މީހާ ނިޔާވެފައިވާ ކަމށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެެެވެ.











