Ads by
ޚަބަރު
ހޮލީވުޑްގެ ހަޅުތާލުތަކާ ގުޅިގެން ނެޓްފްލިކްސް އިން 900،000 ޑޮލަރުގެ އޭއައި ވަޒީފާތަކެއް ހޯދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަޖުރިބާކާރަކަށް ޖޮބް އިޝްތިހާރެއް ޕޯސްޓް ކުރުމުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ލިޔުންތެރިންގެ ނުރުހުން ނެޓްފްލިކްސް އަށް ލިބިއްޖެއެވެ.

Ads by Eki Online

އެ އާ މަގާމަކީ އެ ކުންފުނީގެ މެޝިން ލާނިން ޕްލެޓްފޯމް ޓީމާ ގުޅި، ނެޓްފްލިކްސް އަލްގޯރިދަމް ޑްރައިވްކޮށް، ބެލުންތެރިންނަށް ބަލަން އާ ޕްރޮގްރާމަރުން ހޮވުމަށް އެހީތެރިވެދޭ މަގާމެކެވެ.

މިދިޔަ އަންގާރަ ދުވަހު އިންޓަސެޕްޓުން އެންމެ ފުރަތަމަ ރިޕޯޓްކުރި ޖޮބް ލިސްޓިންއަކީ ނެޓްފްލިކްސް ޖޮބް ޕޭޖުގައި ލިސްޓްކޮށްފައިވާ ގިނަ ލިސްޓުތަކުގެ ތެރެއިން މެޝިން ލާނިން (އެމްއެލް) އަދި އޭއައިގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ގޮވާލާ ލިސްޓެކެވެ.

ލިޔުންތެރިންގެ ގިލްޑް، ޑަބްލިއުޖީއޭ އިން ވަނީ ލިޔުމުގެ މަރުހަލާގައި އޭއައި ބޭނުންކުރުން ރެގިއުލޭޓްކޮށް ސޯސް މެޓީރިއަލްގެ ގޮތުގައި ބޭނުން ކުރުން ހުއްޓުވާ ނިޒާމެއް ހުށަހަޅައިފައެވެ.

ނެޓްފްލިކްސް އިން ވަޒީފާގެ ލިސްޓުތަކާ ބެހޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް މީގެ ކުރިން ބުނެފައި ވަނީ ކްރިއޭޓިވް ޕްރޮސެސްގެ ބަދަލުގައި އޭއައި ނުގެންނާނެ ކަމަށެވެ.

ނެޓްފްލިކްސް އިން ބުނީ އެންމެ މޮޅު ވާހަކަތަކަކީ އޮރިޖިނަލް، ވިސްނުންތެރި އަދި ގިނަ ފަހަރަށް މީހުންގެ އަމިއްލަ ތަޖުރިބާތަކުން ގެނެސްދޭ ވާހަކަތަކެއް ކަމަށެވެ. އެންމެ ފަހުން އޭއައި ބޭސްޑް ޖޮބް ލިސްޓު ކުރި ޚަބަރު، ބައެއް އެކްޓަރުން ވަނީ ކުށްވެރިކޮށްފައެވެ.

މި ހަފުތާގެ ކުރީކޮޅު ނެޓްފްލިކްސް އިން ވަނީ “މައި ނެޓްފްލިކްސް” ގެ ނަމުގައި އާ އެޕްލިކޭޝަނެއް ތައާރަފުކުރަން ނިންމައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *