Ads by
ޚަބަރު
އަމާޒަކީ ރަމަޟާންމަހުގެ ކުރިން 100 ރަށަށް ދަތުރުކުރުން: ރައީސް ޑރ. މުޢިއްޒުގެ

އަންނަ ރަމަޟާންމަހުގެ ކުރިން ރާއްޖޭގެ 100 އެއްހާ ރަށަށް ގޮސް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބާގައި މިއަދު ހެނދުނު ބޭއްވި “ބާއްޖަވެރި ހެނދުނެއް” ޕްރޮގުރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ވަރަށް އަވަހަށް ރައްޔިތުންގެ ގާތަށް ދަތުރުކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.

އެގޮތުން ކުރިންވެސް ނިންމަވާފައިވާގޮތަށް އެ ދަތުރުތައް އެންމެ ފުރަތަމަ ފަށްޓަވާނީ ތ. ގުރައިދޫންކަމަށާއި އެއަށްފަހު ކޮންމެ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި އަދި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށެއްގެ ގޮތުގައި ގުރައިދޫ ކަނޑައެޅުއްވީ އެރަށަކީ ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން އެމަނިކުފާނަށް ވޯޓު ލިބިވަޑައިގެންނެވި ރަށްކަމަށް ވުމުންކަމަށް ރައީސް ވިދާޅުވިއެވެ.

ހުރިހާ ރަށަކުންވެސް އެދޭ ތިމަންނަމެން ރަށަށޭ އެންމެ ފުރަތަމަ އަންނަން ވާނީ. އަޅުގަނޑުމެން މަޝްވަރާކޮށްފައި ނިންމާފައިވާނީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެންމެ ގިނައިން ވޯޓު ދެއްވި ރަށަށް. އެއީ ތ. ގުރައިދޫ. ގުރައިދޫއަށް އެންމެ ފުރަތަމަ ދަތުރު އޮންނާނީ. ހުރިހާ ރަށެއްގެ ރައްޔިތުންނާވެސް ބައްދަލުކުރާނަން. ފަހަރުގައި އަންނަ ހަފްތާ ގުރައިދޫއަށް ދަތުރުކޮށްފާނެ.

  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެރަށުން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ވަނީ 625 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެރަށުން ވޯޓުލީ މީހުންގެ %74.05 އެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 219 ވޯޓާއެކު %25.95އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *