Ads by
ޚަބަރު
މާވެޔޮ މަގުގައި ހުރި ޓްރާންފޯމަރު ނަގައިފި

ސްޓެލްކޯގެ މޭނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ އެންމެ ފުރަތަމަ ވީ ވަޢުދާއި އެއްގޮތަށް މާވެޔޮ މިސްކިތް ކައިރީ ހުރި އެކުންފުނީގެ ޓްރާންސްފޯމަރ ނަގައިފިއެވެ.

Ads by Eki Online

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފަހްމީ އެންމެ ފުރަތަމަ ފެއްޓެވި އެއް މަސައްކަތަކީ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ނެގުމުގެ މަސައްކަތެވެ.

މިމަސައްކަތް ނިންމާލުމަށްފަހު އެކަމާއި ގުޅޭގޮތުން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ދެއްވި އިރުޝާދާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށްވާނެހެން ހުރި ޓްރާންސްފޯމަރު ނަގާފައިވާ ކަމަށެވެ.

ރައީސް ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިވަނީ މަގުމަތިން ނަގާފައި. މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ.

– ސްޓެލްކޯގެ މޭނޭޖިންގް ޑިރެކްޓަރ ފަހުމީ

މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހްމީ ގެންދަވަނީ ސްޓެލްކޯގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *