އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) ގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސުލްތާނާ ޝާކިރު އައްޔަނު ކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރެވުނު އަލްފާޟިލާ ސުލްޠާނާ ޝާކިރަށް މަރުޙަބާ ދަންނަވަން pic.twitter.com/Ejs6UZ6cVX
— Civil Service Commission of the Maldives (@cscmaldives) September 9, 2024
މީގެ ކުރިންވެސް އޭޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ސުލްތާނާ ވަނީ ކޮންޓްރެކްޓް އުސޫލުން ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ހައިކޯޓަށް 26, 2023 ގައި އައްޔަންކުރެއްވި ސުލްތާނާ ވަނީ 2004 ވަނަ އަހަރު ނިއުޒީލެންޑުން ބެޗްލާ އޮފް ސޯޝަލް ސައިންސް، 2009 ވަނަ އަހަރު މެލޭޝިޔާއިން މާސްޓާ އޮފް ޕަބްލިކް ޕޮލިސީ ކިޔަވާ ވިދާޅުވެފައެވެ.
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ފައިނޭންސް އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވާފައިވާ ސުލްތާނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމް ވެސް އަދާކުރައްވާފަ އެވެ.
ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ހިއުމަން ރިސޯސް މެނޭޖަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.











