Monday, 14 September 2026
Ads by

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ad Image
Ads by

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ.

ކާލް އިސްތިއުފާ ދެއްވާފައި މިވަނީ ބީއެމްއެލްއާއި އެމްޑީޕީގެ ބައެއް ބޭފުޅުން އެއްވެގެން މާލީ ބަގާވާތެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ސީއީއޯގެ މަގާމުން ކާލް އިސްތިއުފާ ދެއްވި ނަމަވެސް އެ ކުންފުނިން ބާއްވާ އާންމު ޖަލްސާ ނިމުމާ ހަމައަށް އެ މަގާމުގައި އޭނާ ދެމިހުންނަވާނެ ކަމަށެވެ. އަދި ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެ ބޭންކުން ބުނެ އެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރުމާ ހަމައަށް ސީއީއޯގެ މަގާމު ފުރައްވާނީ ޑެޕިއުޓީ ސީއީއޯ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ މަގާމުގައި ހުންނެވި އާއިޝަތު ނޫރައްދީން ވެސް ވަނީ މިދިޔަ މަހު ބޭންކުގެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ޑެޕިއުޓީ ސީއީއޯގެ މަގާމު އަދިވެސް އޭނާ އަދާކުރައްވަ އެވެ.

ކާލް ސްޓުމްކަ ސީއީއޯގެ މަގާމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Screenshot 20
ރާއްޖޭގެ ހުރިހާ ރަށެއްގައި ޛިކުރާއި ނަޞޭޙަތުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި