Ads by
ޚަބަރު
ބްލޮކް ކުރި 2 ނިއުސް ވެބްސައިޓަށް އަލުން ވަދެވޭ ގޮތް ހަދައިފި

މި ސަރުކާރު އައިފަހުން ބްލޮކް ކުރި 2 ނިއުސް ވެބްސައިޓަށް ވަދެވޭ ގޮތް ހަދައިފިއެވެ.

Ads by Eki Online

ސަރުކާރަށް ފާޑު ކިޔަމުންދާ ކަމަށް ބުނެ ބްލޮކް ކުރި މި 2 ސައިޓަށް މިއަދު އަލުން ވަދެވޭ ގޮތް ހަދާފައި ވާއިރު މި 2 ސައިޓް އަންބޮލޮކް ކުރި ސަބަބާ ގުޅޭގޮތުން ސަރުކާރުން އިތުރު ތަފްސީލް ދީފައެއް ނުވެއެވެ.

އެގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ މިއީ ދައުލަތެއް ކަމަށާއި ދައުލަތެއް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ޤާނޫނީ އިމުގެ ތެރެއިން އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށެވެ.

ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ކޮށްފައި ހުރި ކަމެއް ކަމަށާއި މިއުޅެނީ އާ ކަމެއް ކޮށްގެން ނޫން ކަމަށް ޝަހީބް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫސް ވެބްސައިޓެއް ސަރުކާރުން ބްލޮކްކޮށްފައި ނުވާނެ ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ތިން ކުންފުނިން އެއްވެސް ވެބްސައިޓެއް ބްލޮކް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެންގުމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޢިއްބެ6 މަސް ކުރިން

ބަލަގަކަލެއަކީﷲބާވައިލެއްވޮއާޔސތްތަކައްއީމާންނުވާމީހެއްތަ އެމީނިނާހެދީބަލާޔާހަމަވެގެންދޮގުހަދާގެންވެރިކަމައްއައީމިހާރުގެއްލުމެއްނެތް

0
0