Ads by
ޚަބަރު
ބްރިޖް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ވަނީ އިހުމާލުވެފައި: ފަހުމީ

ކުރީ ސަރުކާރުން ސިނަމާލެ ބްރިޖުގެ ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ރޭ އެކްސެެއްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އަދި ގިނަ ލެޑުތައް ހަލާކުވެފައިވާ ކަމަށާއި، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި އިސްކުރުތަކުގައި ދަބަރުޖަހާފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ސިނަމާލެ ބްރިޖު ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ބްރިޖްގެ ނަން އަދި ހަރުކުރެވިފައިވާ ލައިޓްތައް ހަލާކުވެފައިވާ ކަންވެސް ފަހުމީ ފާހަގަކުރެެއްވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ.

“ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް” ނަމުން ނަން ދެވިފައިވާ ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޯގަސްޓް މަހުގެ 30 ވަނަ ދުވަހު އޭރުގެ ރައީސް ޔާމިންގެ ވެރިކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *