Ads by
ޚަބަރު
އެފްއޭއެމްގެ އިންތިޚާބުގައި ޓޮމް ވާދަކުރަނީ

ރާއްޖޭގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

Ads by Eki Online

މީގެ ކުރީގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވި ޓޮމް އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވީ ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާ އަނދަވަޅަކަށް ވެއްޓި، އެފްއޭއެމް ބަނގުރޫޓުވުމާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ތޯރިގު މިއަދު ފޯމް ހުށަހަޅާފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް އަދި ވެލެންސިއާއިން އޭނާގެ ނަން ނޮމިނޭޓް ކުރުމުންނެވެ.

އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް އިންތިޚާބުގައި ބައިވެރިވެވޭނީ ރާއްޖޭގެ ފަސްޓް ޑިވިޝަންގައި ހިމެނޭ ތިން ކްލަބެއް އެފަރާތެއް އެންޑޯޒްކޮށްގެންނެވެ.

މިއީ ޓޮމް މި މަޤާމަށް ކުރިމަތިލެއްވި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ އެ މަޤާމަށް ކުރިމަތިލެއްވީ 2016 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އިންތިޚާބުގައެވެ.

އެފްއޭއެމްގެ ރައީސް ކަމުގައި އެންމެ ފަހުން ހުރި ބައްސާމްގެ ދައުރު ހަމަވާން ބާކީ ހަ މަސް ދުވަހަށްވެފައި އޮއްވާ މި އިންތިޚާބު އަވަސް ކުރަން އެފްއޭއެމުން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދު މެންދުރުފަހު 02:00 އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *