Ads by
ޚަބަރު
ކުރިއަށް މިއޮތް ހަފްތާގައި މަދިރި ނައްތާލުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށަނީ

ފައިލޭރިއާ ބަލި ފެތުރެން ފެށުމާއި ގުޅިގެން އެ ބަލިން ރައްކާތެރި ވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މުޅި ރާއްޖޭގައި ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

Ads by Eki Online

މިކަން ހާމަކޮށް މަޢުލޫމާތު ހިއްސާކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކުރިއަށް މިއޮތް ހަފްތާގައި މަދިރި ނައްތާލުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށްޓަވާނެކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގައި މަދިރި ނައްތާލުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި އެމްއެންޑީއެފާއި ގުޅިގެން މަދިރި ނައްތާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައެއްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އާބަންކޯ އިން ވެސް ވަނީ “ފައިލޭރިއާއިން ރައްކާ”ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *