Ads by
ޚަބަރު
މޫސުން ގޯސްވެ، މެދުރާއްޖެ ތެރެއަށް ރީދޫ ސަމާލު ނެރެފި

މޫސުމަށް ސަމާލުވުމަށް އަންގައި ބ. އަތޮޅުން ފެށިގެން ކ. އަތޮޅަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ރީދޫ ސަމާލު ނެރެފިއެވެ.

Ads by Eki Online

ރީދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 1:00 އާ ދެމެދުގެ ވަގުތަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހެނދުނު 11:00 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސީޓީއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވެސް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 7:00އިން ފެށިގެން މެންދުރުފަހު 1:00އާއި ހަމައަށް އެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާ އިރު، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *