Ads by
ކުޅިވަރު
އެފްއޭއެމްގެ ރައީސް ބައްސާމްގެ މަގާމު ގެއްލިއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް، އެކްސްކޯގައި ހިމެނޭ އިތުރު 3 މެންބަރުން އިސްތިއުފާ ދިނުމުން، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ގާނޫނީ އަދަދު ހަމަނުވާތީ ބައްސާމަށް މަގާމު ގެއްލިއްޖެއެވެ.

Ads by Eki Online

އެކްސްކޯ މެންބަރުންގެ ތެރެއިން އިސްތިއުފާ ދީފައިވާ 3 މެންބަރުންނަކީ

  • މުހައްމަދު ޝިފާއު
  • ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް)
  • އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒު

ޖުމްލަ 9 މެންބަރުން ހިމެނޭ އެފްއޭއެމްގެ އެކްސްކޯއިން 5 ބޭފުޅަކު އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ 4 މެންބަރުންނެވެ. އެހެންވެ މިހާރު ގާނޫނީ އަދަދު ހަމަ ނުވާތީ ބައްސާމްގެ މަގާމު ވަނީ ގެއްލިފައެވެ. އެކްސްކޯގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވި، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ވަނީ މީގެ ދެ މަހެއް ކުރިން އިސްތިއުފާ ދީފައެވެ.

އެފްއޭއެމްގެ ރައީސަކަށް ހުންނެވި ފަރާތެއްގެ އެކްސްކޯގެ މެޖޯރިޓީ އިސްތިއުފާ ދިނުމާ އެކު، ރައީސްގެ މަގާމު ގެއްލުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން، މި ފަދަ ހާލަތެއް ދިމާވީ، އެފްއޭއެމްގެ ރައީސްގެ މަގާމުގައި، ކުރީގެ އެއް ވަނަ ފޯވާޑް، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުއްޓައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *