Ads by
ޚަބަރު
ޝަރުތުތަކާއި ޚިލާފްވެފައިވާތީ ޔުނާން އަލުން ބަންދުކޮށްދޭން ޕީޖީން އެދިއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާއެކު ދޫކޮށްލި މައްސަލާފައިވި ނަމަވެސް، އޭނާ ޝަރުތުތަކާއި ހިލާފަށް ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ހުޅުމާލެ ކޯޓުގައި އެދިއްޖެއެވެ.

Ads by Eki Online

ހުޅުމާލޭ ކޯޓުން ޝަރުތުތަކާއެކު ޔުނާން ބަންދުން ދޫކޮށްލީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ޔުނާން އަލުން ބަންދުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅީ އޭނާ ބަންދުން ދޫކުރުމަށް އެއްބަސްވެފައިވާ ޝަރުތުތަކާ އޭނާ ޚިލާފްވެފައިވާތީ ކަމުގައެވެ. އޭނާ ބަންދުން ދޫކުރިއިރު ކަނޑައަޅާފައިވާ ޝަރުތަކީ މެޑިކަލް ކަންކަމުގައި އެކަނި ބޭރަށް ދިއުމަށް އެއްބަސްވުމެވެ. އެހެންނަމަވެސް އޮފިޝަލް ވިދާޅުވީ އޭނާގެ މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ އެހެންކަމުގައިވެސް ބޭރަށްދާތީ ކަމުގައެވެ.

ޕީޖީ އޮފީހުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޔުނާނު ބަންދުން ދޫކޮށްލި މައްސަލަ މިމަހުގެ 19 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މިމަހުހެ 14 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *