Ads by
ޚަބަރު
ހުޅުމާލެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަނެތި ވަނުން މަނާ: އާބަންކޯ

ހުޅުމާލެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަނެތި ވަނުމަކީ މަނާކަމެއް ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

Ads by Eki Online

އާބަންކޯއިން ވިދާޅުވީ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވި ނަމަވެސް މަދުންނަމަވެސް އާންމުން މިސަރަހައްދަށް ވަންނަކަން އެކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައި ވާނެ ކަމަށްވެސް އާބަންކޯއިން ހާމަކޮށްފައިވެއެވެ.

އާބަންކޯއިން އިތުރަށް ވިދާޅުވީ، މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންދާތީއާއެކު، ހުޅުމާލޭގެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރާ ކަމަށެވެ.

ޒަރޫރީ އެއްވެސްބޭނުމަކާ ނުލައި ހުއްދައެއްނެތި، މިސަރަހައްދަށް ނުވަނުމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *