ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ (ހޯމް މިނިސްޓްރީ) ގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޔޫސުފް އަބްދުލްގަފޫރު (ޔޫސޭ) މަޤާމުން ވަކިކޮށްފިއެވެ.
ޔޫސުފް މަޤާމުން ވަކި ކޮށްފައިވަނީ މިމަހު 5 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.
ޔޫސުފް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ ހަވާލުކުރާ ޒިންމާތައް އަދާނުކުރެވޭ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރައްވާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައެވެ.
ޔޫސޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއްގައި ވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. ޔޫސޭ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.













