Ads by
ޚަބަރު
އެލްޖީއޭގެ ސީއީއޯ އަކަށް ކުރީގެ މިނިސްޓަރު ޒުލްފާ އައްޔަންކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަނުކުރައްވައިފިއެވެ.

Ads by Eki Online

ޒުލްފާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަގާމަށް މިއަދު ރައީސް މުއިއްޒު ޒުލްފާ އައްޔަން ކުރެއްވީ އެމަގާމު ހުސްވެފައި އޮންނަތާ ހަތް މަސް ފަހުންނެވެ. އެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަފްޝަން ލަތީފް މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ޒުލްފާއަކީ ކޮންސްޓިޓިއުޝަނަލް ލޯއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އާބާދީ އާއި ޕްލޭނިން އާއި ބިޒްނަސް އެޑިއުކޭޝަނާއެކު ޕީއެޗްޑީވެސް ހާސިލު ކުރައްވައިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒުލްފާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ނަޝީދު އަމިއްލަފުޅަށް ރައީސް ކަމުން އިސްތިއުފާ ދެއްވުމުން އޭރު އެކަމަނާ ދިރިއުޅުއްވުން ރާއްޖެ އިން ބޭރަށް ބަދަލު ކުރެއްވިއެވެ.

ނަމަވެސް 11 އަހަރުގެ ދިގު މުއްދަތަކަށް ފަހު އެކަމަނާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންފަ އެވެ. ޒުލްފާ މި ފަހުން ވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ވެސް ގުޅިވަޑައިގެންފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *