Ads by
ޚަބަރު
މި ސަރުކާރުން އިމާރާތްކުރާ ފުރަތަމަ ސުކޫލުގެ ބިންގާ ހުޅުމާލެ ފޭސް 2 ގައި

މި ސަރުކާރުން އިމާރާތްކުރާ ފުރަތަމަ ސްކޫލްގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.

Ads by Eki Online

މި ސްކޫލް އަޅަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. އާރުސީސީއާ އެތަން ހަވާލުކުރީ އަންނަ މަހު މަސައްކަތް ފަށައި 18 މަސް ތެރޭގައި ނިންމަން އެއްބަސްވެއެވެ.

ސްކޫލުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރުއޫއަކީ ސިކުނޑިތައް ބިނާކުރުން ކަމަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ އިމާރާތަކީ ތައުލީމަށް ބިނާ ކުރާ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސްކޫލު ވެގެން ދާނީ މިތަނުގައި ދިރިއުޅޭ ހުރިހާ އާއިލާތަކުގެ ހިތަށް ލިބޭ ތަސައްލީއަކަށް. އާރުސީސީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގެން ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ދަށުން މި މަސައްކަތް މި ކުރިއަށް ގެންދަނީ

– ރައީސް ޑރ. މުޢިއްޒު

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރިގޮތުގައި އެސުކޫލުގައި 54 ކްލާސް ރޫމް ހުންނާނެކަމަށާއި އަދި 1،700 ކުދިންގެ ޖާގައިގެ ސްކޫލެއްކަމަށެވެ. މި ސުކޫލުގައި ގްރޭޑް އެކަކުން ހަތަރަކަށް ކިޔަވައިދޭނެ ކަމަށެވެ.

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ދެވަނަ ސްކޫލެވެ. ފުރަތަމަ ސުކޫލް އިމާރާތްކޮށްފައވަނީ ނިމިދިޔަ ސަރުކާރުންނެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *