Ads by
ޚަބަރު
އާބަންކޯ އިން ”ފައިލޭރިއާ އިން ރައްކާ“ ނަމުގައި ކެމްޕެއިން ފަށައިފި

ރާއްޖޭގައި ފައިލޭރިއާ ފެތުރެންފަށާފައިވާތީ ފައިލޭރިއާ ބަލިން ރައްކާތެރިވުމަށްޓަކައި ”ފައިލޭރިއާ އިން ރައްކާ“ މި ނަމުގައި އާބަންކޯ އިން ކެމްޕެއިނެއް ފަށައިފިއެވެ.

Ads by Eki Online

މި ކެމްޕެއިނާއި ގުޅޭގޮތުން އާބަންކޯ އިން ބުނީ، ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ޒޯން ލީޑަރުން ކަނޑައަޅައި، މި ޒޯންތަކުގައި މަދިރި އުފެދޭ ތަން ތަން ދެނެގަތުމަށް ސާރވޭ ފަށާފައިވާ ކަަމަށެވެ. އެގޮތުން މި ކެމްޕެއިން ކުރިއަށްދަނީ ސްކޫލް ކުދިންނާއި ސަރުކާރު އޮފިސް ކުންފުނިތައް ހިމެނޭހެން އެންމެން ގުޅިގެން ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ކަމަށް ވެސް އާބަންކޯ އިން އާބަންކޯ އިން ބުނެއެވެ.

ރާއްޖޭން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީންނެވެ. ނަމަވެސް މިހާރުވަނީ މާލެސިޓީންވެސް މި ބަލި ފެނިފައެެވެ.

ހދ. ކުޅުދުއްފުށިން، މި ބައްޔަށް ޕޮޒިޓިވް ވި 25 މީހުންނާއެކު މިހައިތަނަށް ރާއްޖެއިން 32 މީހުންނަށް މި ބަލި ޖެހިފައިވާކަން ވަނީ ދެނެގަނެވިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *