Ads by
ޚަބަރު
21 ދާއިރާއަކުން ވަޒީފާތައް ހަމައެކަނި ދިވެހިންނަށް ހާއްސަކުރަނީ
ފޮޓޯ: ރައީސް އޮފީސް

21 ދާއިރާއެއްގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ސަރުކާރުން ނިންމައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ޒުވާނުންގެ ކުރިއެރުމަށް ވަޒީފާތައް ހާއްސަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ހުށަހެޅުއްވީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް މިނިސްޓަރު ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި ވަރަށް ފުޅާކޮށް މަޝްވަރާކުރުމަށް ފަހު ގިނަ ދާއިރާތަކެއް، ވަކި ތާވަލުތަކެއްގެ މައްޗަށް ބަހާލައިގެން ދިވެހިންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފައެވެ.

ދިވެހިންނަށް ހާއްސަ ކުރާ ބައެއް ދާއިރާތައް

  • ޕައިލެޓުން
  • ޓީޗަރުން
  • ނަރުހުން
  • އިމާމުން
  • ހެއާ ޑްރެސާ
  • ބިއުޓިޝަނުން
  • ބޭބީ ސިޓިން
  • ޕާސަނަނަލް ޓްރެއިނަރުން
  • އިލެކްޓްރިޝަނުން
  • ގެސްޓް ރިލޭޝަން އޮފިސަރުން
  • ޓުއާ ގައިޑުން
  • ޑައިވަރުން
  • ފޮޓޯ ގްރަފަރުން
  • އިލެކްޓްރިކަލް އިންޖިނިއަރުން
  • ހައުސްކީޕިން މެނޭޖަރުން
  • ހިއުމަން ރިސޯސް މެނޭޖަރުން
  • ފްރޮންޓް އޮފީސް މެނޭޖަރުން
  • އެކައުންޓެންޓުން
  • އިންސްޕެކްޓަރުން
  • ސާވޭ ކުރާ މީހުން
  • ސައިޓް ސުޕަވައިޒަރުން

މި ދާއިރާތަކަކީ ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *