އަޒަރުބައިޖާންގެ ގައުމީ އެއާލައިން، އަޒަރްބައިޖާން އެއާލައިންގެ ދަތުރުތައް ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

މިދިޔަ ހަފްތާ އެ އެއާލައިނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަޒަރުބައިޖާންގެ ވެރިރަށް, ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާއިރު އެއީ އެ އެއާލައިންގެ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމަށެވެ. އެ ދަތުރުތައް ވެގެންދާނީ ދުނިޔޭގެ އެންމެ ރީތި މަންޒަރު ފެންނަ އެއް ރޫޓް ކަމަށް އެ އެއާލައިނުން ފާހަގަކުރެއެވެ.
އަޒަރުބައިޖާން އެއަރލައިނުން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއަރކްރާފްޓެވެ. މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 6 ގަޑިއިރެވެ. މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމަށް އެހީތެރިވެދޭނެއެވެ. ރާއްޖެއަށް މިހާރުވެސް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަނީ ދަތުރުކުރަމުންނެވެ.
📣 Tariximizdə ilk dəfə Maldiv adalarına birbaşa reyslərə start veririk! Bu qış tətiliniz günəşli keçəcək. Ekzotik cənnəti və bəyaz qumlu sahilləri kəşf etməyə tələsin!
🌴 Noyabrın 8-dən etibarən hər cümə və bazar günləri Male şəhərinə uçuşlara qoşulun.
🌐 Biletləri… pic.twitter.com/3DqhFp9zfd
— AZAL – Azerbaijan Airlines (@azalofficial) September 2, 2024
އެ އެއާލައިންއިން ރާއްޖެއަށް ދަތުރުކުރަން ފައްޓަން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިވަގުތު ބައިނަލްއަޤްވާމީ 42 އެއަރލައިނަކުން ދަނީ ދަތުރުކުރަމުންނެވެ.