Saturday, 24 October 2026
Ads by

ބާރު ސްޕީޑުގައި ދުއްވާނަމަ ހަރުކަށި ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ބާރު ސްޕީޑުގައި ދުއްވާނަމަ ހަރުކަށި ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ކަންކަން ތަންފީޒު ކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

Ad Image
Ads by

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރޭސް ކާރަކުން ޖެހި ނިޔާވި ޒުވާނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ”އެކްސް“ ގައި މިއަދު މެންދުރުފަހު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ.

ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެ އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާ އެކު ބޭނުން ކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް ޓަކައި ސަރުކާރުން ކުރަން ޖެހޭ އެންމެހާ ކަންކަން މި ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އަނެއްކާވެސް މީހެއްގެ ފުރާނަ މި ވަނީ ގެއްލިފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރޭ މެންދަމު 2:30 ހާއިރު، ސެންޓްރަލް ޕާކު ކައިރިން ހިނގި މި އެކްސިޑެންޓުގައި ނިޔާވީ ލ. އިސްދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ހަސަން ސަމާހެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ އިތުރު މީހަކު ގޮވައިގެން ސަމާހު ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ރޭސް ކާރެއްގައި ޖެހިއެވެ. އެކްސިޑެންޓުގައި ސަމާހަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެގޮތުން އޭނާގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނިޔާވީ އޭނާއަށް ލިބުނު އަނިޔާތަކަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

އެކްސިޑެންޓާ ގުޅިގެން ރޭސް ކާރު ދުއްވި މީހާ ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުުހުން ވަނީ ހާމަކޮށްފައެވެ. އެ ކާރު ދުއްވަން އިނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިއްދީގެވެ. އޭނާ މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަލިބެ ހުޅުމާލެ
އަލިބެ ހުޅުމާލެ
2 އަހަރު ކުރިން

ތިޔަ ކާރު ތަކަށް ފިޔަވަޅެއް ނޭޅޭނެއެވެ. ވީމާ، ހުޅުމާލޭގައި އުޅޭ އެހެން މީހުނަށް ރޭގަޑު ވަކި ގަޑިއެއްގެ ފަހުން ގެއިން ނުނިކުމެ ތިބެން އިއުލާނު ކުރާށެވެ.

Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި